ޝީރީން އަބޫ އަގްލާ ޝަހީދު ކޮށްލި ހާދިސާގެ މައުލޫމާތު އެމެރިކާ ސަރުކާރަށް ދެއްވުމަށް ކުއްލި ގޮތަކަށް ވޮޝިންޓަނަށް ވަޑައިތުމަށް އިޒްރޭލު ޑިފެންސް މިނިސްޓަރު ނިންމަވައިފިއެވެ.

ނެދަރލެންޑްސްގައި ހުންނަ ބެލިންގކެޓްސް ޖަމާއަތުން އަމިއްލައަށް އިސްނަގައިގެން ހަދާފައިވާ ދިރާސާއެއްގައި ނިންމާފައި ވަނީ ޝީރީން ޝަހީދު ކޮށްލީ އިޒްރޭލު ސިފައިން ކަމަށެވެ.

ފަރަންސޭސިވިލާތުން ބުނެފައި ވަނީ ޝީރީންގެ ޖަނާޒާގައި އިޒްރޭލުން ދެއްކި އަނިޔާ ވެރިއަމަލު ތަކާ ދެކޮޅަށް އިޒްރޭލުގެ މައްސަލަ ބައިނަލްއަގްވާމީ ކޯޓަށް ވައްދާނެ ކަމަށެވެ.

ފަރަންސޭސި ސެނެޓްގެ ދިފާއީ ކޮމިޓީގެ މެމްބަރު ސެނެޓަރ ގެލްބޭ ރޯޖޭ ވަނީ އިޒްރެލު ކުށްވެރި ކުރުމުގެ ބަދަލުގައި އިޒްރެލާ ދެކޮޅަށް ދުނިޔޭގެ މައްސަލަ ވެއްދުމަށް ގޮވާލާފައެވެ.

އެމެރިކާގެ ސެނެޓަރ މެރީ ނިއުމަންވެސް ވަނީ އިޒްރޭލާ ދެކޮޅަށް ތަހުގީގެއް ފެށުމަށް ބައިޑަންއަށް ދަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ޝީރީންއަށް ފަރުވާ ދިން ހަސްފަތާލުންވެސް އިޒްރޭލާ ދެކޮޅަށް ބައިނަލްއަގްވާމީ ކޯޓުގައި ދައުވާ ކުރުމަށް ނިންމައިފިއެވެ.

ބެލިންގކެޓްގެ ރިސާޗްގައި އަޑާއި މަންޒަރާއި ހެކިންގެ ހެކިބަސް ހިމަނާފައި ވެއެވެ.

ޝީރީންއަށް ފަަރުވާ ދިން ހަސްފަތާލުންވެސް ވަނީ އިޒްރޭލާ ދެކޮޅަށް ބޭނުންވާ ހެކީގެ ފައިލް ތައްޔާރުކޮށް ނިންމާފައެވެ.

އިޒްރޭލްގެ ދިފާއީ ވަޒީރު ބެނީ ގެންޓްސްގެ ވޮޝިންޓަން ދަތުރު ފަސޭހަވާނެ ކަމަކަށް ނުބެލެވެއެވެ. ޝީރީން އަކީ އެމެރިކާ ރައްޔިތެކެވެ.