ބޭނުންވާ ތަކެތި

4 ދޮން އަނބު

4 މޭޒުމަތީ ސަމުސާ ހަކުރު

1 ޖޯޑު ކާށި ކިރު

½ 2 މޭޒުމަތީސަމުސާ ކޯން ފްލާ

3 ބިހުގެ ގޮބޮޅި (ރީނދޫބައި)

ތައްޔާރުކުރާނެ ގޮތް

ރަނގަޅަށް ދޮންވެފައިހުރި އަނބު ހަތަރެސްކަނަށް ވާނޭހެން ކޮށާލާށެވެ. އެއަށްފަހު ކަސްޓަޑްގެ މައްޗަށް އެޅުމަށް، ކުޑަ އަނބުކޮޅެއް ބެހެއްޓުމަށްފަހު މިކްސަރުގައި ގިރާ ހިމުންކޮށްލާށެވެ. ދިވެހި އަނބުނަމަ، ފުރާނަން ވާނެއެވެ. އެއަށްފަހު ބޯތައްޓަކަށް ¼ ޖޯޑު ކިރާއި ކޯން ފްލާ އަޅައި ރަނގަޅަށް ގިރާލާށެވެ. ދެން ގިރި އަނބުގެތެރެއަށް އަޅާށެވެ. އަދި ބިހުގެ ގޮބޮޅިވެސް އަޅައި ހުރިހާއެއްޗެއް އެއްކޮށް މިކްސަރުގައި ގިރާލާށެވެ. އެއަށްފަހު ތެއްޔަކަށް ބާކީ ހުރި ކިރު އަޅައި އުނދުންމައްޗަށް އުދައި ބޮކި ޖަހަންދެން ކައްކާލާށެވެ. ކެކެންފެށުމުން އުނދުންމަތިން ބާލާ ގިރި އަނބާއެއްކޮށް އަނެއްކާވެސް މިކްސަރުގަ ގިރާލާށެވެ. ހުރިހާއެއްޗެއް ރަނގަޅަށް ގިރުމުން، ތެއްޔަކަށް އަޅައި އުނދުންމައްޗަށް އުދައި މަޑު ގިނިމަތީގައި ބަހައްޓައިގެން 7 މިނެޓް ވަރު ވަންދެން ކައްކާލާށެވެ. ފުލުގަ ނުޖެހޭނޭހެން ހަލަމުން ކައްކާއިރު ފޮނި ރަހަބަލަންވާނެއެވެ. ފޮނި މަޑުނަމަ، ހަކުރުކޮޅެއް އަޅާށެވެ. ދެން ރަނގަޅަށް އޮލަވުމުން އުނދުންމަތިން ބޭލުމަށްފަހު ތަށިތައްޓަށް އަޅާށެވެ. އެއަށްފަހު ކޮށާފައި ހުރި އަނބުވެސް ކަސްޓަޑް ތަށިތަކު މަތީ އަތުރާލާށެވެ.

އަނބު ކަސްޓަޑް ބޭނުންނަމަ، ފިނިކޮށްލަން ފްރިޖަށް ލާށެވެ. ގިނަ މީހުނަށް ފޮނި ކާތަކެތި މީރީ ފިކޮށްގެނެވެ.