ބޭނުންވާ ތަކެތި

500 ގުރާމު ކުކުޅު

½ ޔޯގަޓް ކ

ކުޑަ ރީނދޫ ކޮޅެއް

1 މސައިސަމުސަ ދިރި (މުގުރި)

3 ކާފޫރުތޮޅި ½ އިންޗި ފޮނިތޮި

1 ބޭލީފް

2 ފިޔާ (ކޮށާފައި)

5 ލޮނުމެދު (ޗަސްކޮށްފައި)

1 އިންޗި އިނގުރު (ޗަސްކޮށްފައި)

4 މޭޒުމަތީ ސަމުސާ ތެޔޮ

2 ޓޮމާޓޯ ( މިކްސަރުން ހިމުންކޮށްފަ)

1 މޭޒުމަތީސަމުސާ މުގުރި މިރުސް

2 މޭޒުމަތީސަމުސާ ކޮތަނބިރި (މުގުރި)

½ މޭޒުމަތީސަމުސާ ގަރަމް މަސާލާ

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެގޮތް

އެންމެފުރަތަމަ ކުކުޅު ކޮށުމަށްފަހު ޔޯގަޓާއި ރީނދޫ އަޅައި މެރިނޭޓުކުރާށެވެ. ދެން ތެއްޔަކަށް ތެޔޮ އެޅުމަށްފަހު އުނދުންމައްޗަށް އުދާށެވެ. ތެޔޮ ހޫނުވުމުން ފިޔާ، ލޮމެދު، އިނގުރު އަޅާހަނާކޮށްލާށެވެ. ދެން ހިމުންކުރި ޓޮމާޓޯވެސް އަޅާށެވެ. އެއަށްފަހު ހަވާދުގެ ބާވަތްތައް އަޅާ އެއްކޮށްލާށެވެ. ދެން ކުޑަ ފެންފޮދެއްވެސް އަޅާށެވެ. އެއަށްފަހު މެރިނޭޓުކުރި ކުކުޅު އަޅާ އެއްކޮށްލާށެވެ. ދެން ލޮނުލައިގެން ކުކުޅު ރޯފިލަންދެން ކައްކާލާށެވެ. ރަނގަޅަށް ކެކުމުން އުނދުން ނިވާލުމުގެކުރިން ކުޑަ ގަރަމް މަސާލާ ކޮޅެއް އަޅާށެވެ.