ބޭނުންވާ ތަކެތި

500 ގުރާމު ބޯންލެސް ޗިކަން

4 މޭޒުމތީ ސަމުސާ ޕްލޭން ޔޯގަޓް

½ މޭޒުމަތީސަމުސާ އިނގުރު ޗަސްކޮށްފައި)

1 މޭޒުމަތީސަމުސާ ލޮނުމެދު (ޗަސްކޮށްފައި)

2 މޭޒުމަތީސަމުސާ ފުށް

½ މޭޒުމަތީސަމުސާ މުގުރި އަސޭމިރުސް

½ މޭޒުމަތީސަމުސާ މުގުރި މިރުސް (ޗިލީ ފްލެކްސް)

1 މޭޒުމަތީސަމުސާ މިރުސް (ހިމުންކޮށް މުގުރާފައި)

½ މޭޒުމަތީސަމުސާ ދިރި (މުގުރި)

1 މޭޒުމަތީސަމުސާ ކޮތަނބިރި (މުގުރި)

1 މޭޒުމަތިށަމުސާ މަސަޓަޑް ޕޭސްޓް

2 މޭޒުމަތީސަމުސާ ވިނިގާ

ރަހަލާވަރަށް ލޮނު

3 މޭޒުމަތީސަމުސާ ކުކިންގ އޮއިލް

ތައްޔާރުކުރާނެގޮތް

ކުކުޅުމަސްތައް ބުރިބުރި ކުރުމަށްފަހު އެއްޗަކުން ތަޅާ ފަތިކޮށްލާށެވެ. އެއަށްފަހު ހަވާދުގެ ބާވަތްތަކާއި ފުށް ބޯތައްޓެއްގައި ރަނގަޅަށް ގިރާލާށެވެ. މިގޮތަށް ގިރާއިރު ލޮނުވެސް އަޅާށެވެ. ދެން ގިރި ހަވާދު ތަށްޓަށް ކުކުޅުމަސްތައް އެޅުމަށްފަހު ހަވާދުގަނޑާ އެއްކޮށްލާށެވެ. އެއަށްފަހު 30 މިނެޓު މެރިނޭޓުކުރަން ބަހައްޓާށެވެ. ދެން ތަވަޔަކަށް ތެޔޮ އެޅުމަށްފަހު ހޫނުކުރާށެވެ. ތެޔޮ ހޫނުވުމުން ކުކުޅުމަސްތައް އޭގައި އަތުރާށެވެ. އެއަށްފަހު ފުށުން ޖަހަމުން ކުކުޅުމަސްތައް ރޯފިލުވާށެވެ. މިގޮތަށް މަސްތައް ތެއްލާއިރު އުނދުނުގެ ގިނި ބަހައްޓާނީ މެދު މިނެއްގައެވެ. ނުވަތަ އަލިފާން ގަނޑު ކުޑަކޮށްފައެވެ.