މާލޭ ކުޅިވަރު އެކުވެނި ކައިރިން ބަހަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓްގައި، ކާރުގައި ތާށިވި މީހުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން އެހީތެރިކަމާއެކު ސަލާމަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެތަނުން ވިދާޅުވީ އެމީހުން ސަލާމަތް ކުރުމަށްފަހު މިހާރުވަނީ ފަރުވާ ދިނުމަށް އެމްބިޔުލާންސްގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާ ދެމުން ގެންދަނީ 6 މީހަކަށެވެ. އެމީހުންނަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. އޭގެ ތެރެއިން 23 އަހަރުގެ އަންހެނަކުވަނީ ނިޔާވެފައެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ ބާރަށް ދުއްވާފައި އައި ކާރެއް އެމްޓީސީސީގެ ބަހެއްގައި ޖެހިގެންނެވެ. އެކްސިޑެންޓް ހިނގާފައިވަނީ ކާރު އޯވަރޓޭކު ކުރަން އުޅުމުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެކްސިޑެންޓުގައި ބަހުގެ ކުރީކޮޅުވަނީ ވަރަށް ބޮޑަށް ބަނޑިވެ ހަލާކުވެފައެވެ. ކާރުވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.