ބޭނުންވާ ތަކެތި

6 ބިސް

300 ގުރާމު ބާސްމަތީ ހަނޑޫ

3 ފިޔާ

1 ބޭ ލީފް

4 ކާފޫރުތޮޅި

2 އިންޗީގެ ފޮނިތޮށި

5 ކަރަންފޫ

1 ޓޮމާޓޯ (ހިމުންކޮށްފަ)

2 މޭޒުމަތީސަމުސާ ޔޯގަޓް

1 ސައިސަމުސާ އިންގުރު (ޕޭސްޓް)

1 ސައިސަމުސާ (ލޮނުމެދު ޕޭސްޓް)

3 ތޮޅި މިރުސް

1 މޭޒުމަތީސަމުސާ މުގުރި މިރުސް

1 މޭޒުމަތީސަމުސާ ކުކުޅު ހަވާދު/ ހަނާކުރިހަވާދު

ކުޑަ ގަރަމް މަސާލާކޮޅެއް

ކޮރިއަންޑާ ލީވްސް

5 މޭޒުމަތީސަމުސާ ތެޔޮ

ތައްޔާރުކުރާނެގޮތް

ބާސްމަތީ ހަނޑޫ ދޮވުމަށްފަހު ލޮނާއި ތެޔޮ 2 ކާފޫރު ތޮޅި އަދި ފޮނި ތޮށިކޮޅަކާއި 2 ކަރަންފޫ ލައިގެން ކައްކާލާށެވެ. ބިސް ތައްވެސް ފެނު ކެއްކުމަށްފަހު ނޮޅަލާށެވެ. ބިސްތައް ނޮޅުމަށްފަހު އޫ ހަރައިލާށެވެ. އޫ ހަރާނީ ބިސްތައް ހަލާކު ނުވާވަރު ބަލައިގެން ކުޑަކޮށެވެ. އެއަށްފުހު މުގުރި މިރުހުގެ ބައި ސަމުސާ ރީނދޫ ކޮޅެއް އަޅައި ބިސްތައް މެރިނޭޓް ކުރަން ބަހައްޓާށެވެ. ދެން ފިޔާ ތުނިކޮށް ކޮށާށެވެ. އެއަށްފަހު ތަވަޔަކަށް ބައި 4 ސަމުސާ އުނދުންމައްޗަށް އުދާށެވެ. ތެޔޮ ހޫނުވުމުން ކޮށި ފިޔާކޮޅު އަޅައި ރަންކުލަ އަރަންދެން ތެއްލާލާށެވެ. ފިޔާކޮޅު ތެއްލެވުނީމަ، ތައްޓަކަށް ނަގައި، ހަމަ އެ ތެލުގެ ތެރެއަށް ބިސްތައް އަޅާ ހަނާ ކޮށްލާށެވެ. ބިސް ހަނާވުމުން ތެލުން ނަގައި އެ ތެލުގެ ތެރެއަށް ބޭލީފާއި ފޮނިތޮށި، ކާފޫރުތޮޅި، ކަރަންފޫ އަޅާށެވެ. 1 މިނެޓެއްހާއިރު ތެއްލާލުމަށްފަހު އިނގުރު ލޮނުމެދު ޕޭސްޓް، މުގުރި މިރުސް، ތޮޅިމިރުސް، ހަވާދުގެ ބާވަތްތައް އަޅާ ހަނާކޮށްލާށެވެ. ހަވާދު ހަނާވުމުން ޔޯގަޓާއި ޓޮމާޓޯ ޕޫރީ އަޅާށެވެ. ހުރިހާއެއްޗެއް ރަނަގަޅަށް އެއްކޮށް ކައްކާލުމަށްފަހު ބިސްވެސް އަޅައި ތެއްލި ފިޔައިން އެއްބައި މުގުރާލާފައި އަޅައި 4 މިނެޓް ކައްކަލާށެވެވެ. އެއަށްފަހު ކެއްކި ބަތްކޮޅު އަޅާ އެއްކޮށްލާށެވެ. ދެން މައްޗަށް ތެއްލި ފިޔައިން ބާކީ ހުރިބައި އަޅާ އެއްކޮށްލާށެވެ. އަދި ކޮރިއަންޑާ ލީވްވެސް އަޅާށެވެ.

ބޭނުންނަމަ އެގް ބިރިޔާނި ކައްކާއިރު ކަޖޫނަޓާއި ހިކި މޭބިސްކަދުރު ހަނާކޮށްފައި އެޅިދާނެއެވެ.