ބޭނުންވާ ތަކެތި
1 ކިލޯ ކުކުޅު (ބޮޑެތިކޮށް ކޮށާފައި)
2 މޭޒުމަތީ ސަމުސާ ޕްލޭން ޔޯގަޓް
1 މޭޒުމަތީ ސަމުސާ އިނގުރު ( ޗިސްކޮށްފައި)
1 މޭޒުމަތީ ސަމުސާ ލޮނުމެދު ( ޗިސްކޮށްފައި )
1 ސައި ސަމުސާ ރީނދޫ
2 މޭޒުމަތީ ސަމުސާ ކުކުޅު ހަވާދު
3 މޭޒުމަތީ ސަމުސާ ކުކިންގް އޮއިލް
1. ފިޔާ (ބޮޑު)
ކުޑަ ކޮރިއަންޑާ ލީވްސްކޮޅެއް
3 ޖޯޑު ހަނޑޫ
1 ކާށީގެ ކިރު
1 ސައި ސަމުސާ ގަރަމް މަސާލަ
ރަހަލާ ވަރަށް ލޮނު
ފެން
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ހަނޑޫކޮޅު ދޮވެލުމަށްފަހު ތޮރުފި ތައްޓެއްގައި ހިއްކާލަން ބަހައްޓާށެވެ. ދެން ކޮށާފައި ހުރި ކުކުޅުގެ ތެރެއަށް ޕްލޭން ޔޯގަޓް އިނގުރު ލޮނުމެދު މުގުރި މިރުސް ކުކުޅު ހަވާދާއި 1 ސަމުސާ ލޮނު އަޅައިގެން ރަނގަޅަށް މޮޑެލާށެވެ. އެއަށް ފަހު 15 މިނެޓެއްހާއިރު ބަހައްޓާލާށެވެ. ދެން ތެއްޔަކަށް 3 ސަމުސާ ތެޔޮ އެޅުމަށް ފަހު ކުކުޅުތައް އޭގައި އަތުރައި ރަނގަޅަށް ތެއްލައިލާށެވެ. ތެއްލަމުން ދާއިރު ކުކުޅުތައް ދޭ ފަތަކުން ފުށުން ޖަހަން ވާނެއެވެ. ކުކުޅުތައް ރޯ ފިލުމުން ތެލިން ނަގާ ތައްޓެއްގައި އަތުރާށެވެ. އެއަށް ފަހު ކުކުޅުތައް ތެއްލި ތެއްޔަށް 3 ފިޔާ ތުނިކޮށް ކޮށާލާފައި އަޅާލާށެވެ. ފިޔާތަކަށް މުށި ކުލަ އަރަން ދެން ތެލު ލުމަށް ފަހު ނަގާށެވެ. ދެން ދޮވެ ހިއްކާފައި ހުރި ހަނޑޫކޮޅުވެސް ތެއްޔަށް އަޅައި ހަނާ ކޮށްލާށެވެ. ހަނާ ކޮށްލެވޭ ވަރަށް ތެޔޮ ނެތް ނަމަ ސަމުސަލެއްހާ ތެޔޮ އަޅާލާށެވެ. ހަނޑޫގަނޑު ރަނގަޅަށް ތެއްލެވުނީމައި ކުޑަ އިނގުރު ކޮޅެއް ގާނާ އެއްކޮށްލާށެވެ. އެއަށް ފަހު ތެއްލާފައި ހުރި ކުކުޅުތައްވެސް ހަނޑުލާއި އެއްކުރާށެވެ. ދެން ކިރު އަޅައި ލޮނު ހެޔޮވަރުކޮށް ބަތް ކޮޅު ކައްކާލާށެވެ. މަތިން ހިނދެން ކައިރިވީމާ ގަރަމް މަސާލާ ކޮޅު އަޅާ އެއްކޮށްލާށެވެ. ބަތްކޮޅު ހިނދުމުން މައްޗަށް ކޮރިއަންޑާ ލީވްސް ކޮޅެއް އަޅާށެވެ.