ބޭނުންވާ ތަކެތި

500 ގުރާމު ކުކުޅުމަސް

1 ކިބަ ކާށީގެ ބޯކިރު

1 ގިތެޔޮ މިރުސް

2 ފިޔާ (ބޮޑު)

1 ބޮނޑި ލޮނުމެދު (8 ނޫނީ 10)

1 މޭޒުމަތީސަމުސާ ލޮނުމިރުސް ހަވާދު

1 އިންޗި އިނގުރު

3 ހިކަނދިފަތް

2 އިންޗީގެ 2 ބުރި ރާނބާފަތް

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެގޮތް

ފުރަތަމަ ފިޔާ ތުނިކޮށް ކޮށާލުމަށްފަހު ތެއްޔަކަށް ތެޔޮ އަޅައި ފިޔައާއި ގިތެޔޮ މިރުސް، ހިކަނދިފަތް، ރާނބަފަތް، 2 ލޮނުމެދު އަޅައި ފިޔާކޮޅު ރަތްކޮށްލާށެވެ. ދެން ރަތްކުރި ފިޔާކޮޅުގެ ތިންބައިކުޅަ އެއްބައި ތަށްޓަކަށް ނަގާށެވެ. އެއަށްފަހު ބާކީ ތެލީގައި ހުރި ފިޔާކޮޅުގެ ތެރެއަށް ލޮނުމެދާއި އިނގުރު ގާނާފައި އަލާސެވެ. އެއެށްފަހު ހަވާދުވެސް އަޅާށެވެ. ދެން ކުކުޅުމަސްކޮޅުވެސް ކޮށަފައި އަޅާލާށެވެ. އެއަށްފަހު ރަހަ ހެޔޮވަރުވާވަރަށް ލޮނު ލައި ބޯކިރރުން ކުޑަ އެތިފޮދެއް އަޅައިގެން ކުކުޅުމަސްކޮޅު ރޯފިލަންދެން ކައްކާލާށެވެ. ކުކުޅު ރޯފިލުމުން ބާކީ ހުރި ބޯކިރާއި ރަތްކުރި ފިޔާ އަޅައި އުނދުންމަތީން ބާލާށެވެ.