ހއ. އުލިގަމުގައި އަލަށް އިމާރާތްކުރި އިންޖީނުގޭ ހުޅުވައި ރައްޔިތުންނަށް ޚިދުމަތް ދޭން ފެށުމަށްފަހު 26 އަހަރުވީ ގެދަބުޅި އިންޖީނުގެ ނިއްވާލައިފިއެވެ.

އަލަށް ހުޅުވި އިންޖީނުގެއިން އެރަށުގެ ރައްޔިތުންނަށް ޚިދުމަތް ދޭން ފަށާފައި މިވަނީ އޮގަސްޓް 14 ވަނަ ދުވަހުއެވެ. އާބާދީގެ ތެރޭގައި އެތައް އަހަރެއްވަންދެން ހިންގަމުންދިޔަ ކުރީގެ އިންޖީނުގޭގެ ސަބަބުން މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އަޑު ގަދަވުމުގެ ސަބަބުން މީހުންނަށް ނިދަން ވެސް ދަތިިވި ކަމަށް އެރަށުގެ ބައެއް މީހުން ބުނެފައިވެއެވެ.

ފެނަކައިން އައު އިންޖީނުގެެއެއް އަޅައި ހުޅުވުމުގެ ކުރީން އެރަށުގައި ބޭނުން ކުރަމުންދިިޔައީ ރައްޔިތުންގެ އިންޖީނުގެއެކެވެ.

ޒަމާނީ އިންޖީނުގެއެއްގެ ޚިދުމަތް އެރަށުގެ މީހުންނަށް ހޯދައި ދިނުމަށް އައު އިންޖީނުގެއެއް އެރަށުގައި އިމާރާތް ކުރަން ފެށީ 2019 ވަނަ އަހަރު ނޮވެމްބަރު 13 ވަނަ ދުވަހުއެވެ.

އައު އިންޖީނުގެއާއެކު 250 މެގަވޯޓްގެ ޖަނެރޭޓަރެއްވަނީ އެތާގައި ބަހައްޓައިފައވެ. ކުރީގެ އިންޖީނުގެއިން ކަރަންޓު ދެމުން އައީ 128 ކިލޯ ވޯޓްގެ 2 ޖަނެރޭޓަރާއި 80 ކިލޯވޯޓްގެ 1 ޖަނެރޭޓަރުންނެވެ.

ފެނަކަ ކޯޕަރޭޝަނާ އަހުމަދު ސައީދު ހަވާލުވުމަށްފަހު ގެންދަވަނީ ކުރީގެ އިންޖީނުގެތައް ޒަމާނީ ތަންތަނަށް ބަދަލުކޮށް ރައްޔިތުންނަށް އުދަގޫވާ ސަރަހައްދުތަކުގައިހުރި އިންޖީނުގެތައް އެހެން ސަރަހައްދު ތަކަށް ބަދަލުކުރަމުންނެވެ.