ބޭނުންވާތަކެތި

2 ލާހި ހަނޑުލުގެބަތް (ބާސްމަތީހަނޑޫ)

1 މޭޒުމަތީސަމުސާ ގަރަމް މަސާލާ

1 ސައިސަމުސާ މުގުރި މިރުސް

ކުލަހިފާވަރަށް ރީނދޫ

ކޮރޮއަންޑާ ލީވްސް

2 އަލުވި

1 ފިޔާ

3 ލޮނުމެދެ

2 މޭޒުމަތީސަމުސާ ބަދަން

1 ހިކަނދިފަތް

4 ހިކިމިރުސް

2 މޭޒުމަތީސަމުސާ ކުކިންއޮއިލް

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެގޮތް

ކެއްކި ބަތްކޮޅަށް ހަވާދައި މުގުރި މިރުސް ރީނދޫ އަޅާ އެއްކޮށްލާށެވެ. އަދި ކޮރިއަންޑާލީވްކޮޅެވެސް ކޮށާފައި އަޅާށެވެ. އެއަށްފަހު ތަވަޔަކަށް ތެޔޮ އަޅައި އުނދުންމައްޗަށް އުދާށެވެ. ދެން އަލުވި ކުދިކޮށް ކޮށުމަށްފަހު ތަވަޔަށް އަޅާށެވެ. އަދި ފިޔަ އާއި ލޮނުމެދު، ބަދަންވެސް އަޅާށެވެ. އެއަށްފަހު ކުޑަ އިރުކޮޅަކު ބަހައްޓައިގެން ތެއްލާލާށެވެ. ދެން ހިކިމިރުހާއި ހިކަނދިފަތް އަޅާ އެއްކޮށްލާށެވެ. އެއަށް ފަހު ބަތްކޮޅުވެސް ތަވަޔަށް އަޅައި ރަނގަޅަށް އެއްކޮށްލުމަށްފަހު ތަވާ އުނދުންމަތިން ބާލާށެވެ.