ސެނެހިޔަ މިލިޓަރީ ހޮސްޕިޓަލުން އިމިގްރޭޝަންގެ މުވައްޒަފުންނަށް، ސީޕީއާރު/ފަސްޓް އެއިޑް ކޯހެއް ހިންގައިފިކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ސީޕީއާރު/ފަސްޓް އެއިޑް ކޯހަކީ، އިމިގްރޭޝަންގެ މުވައްޒަފުންނަށް ހިންގާ "އިމިގްރޭޝަން އެންފޯސްމަންޓް ސްޓަރޑީސް" ކޯހުގެ ފަސްްޓް އެއިޑް މޮޑިއުލްގެ ތެރެއިން ކުރިއަށްގެންދިޔަ ކޯހެއްކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި މި އިމިގްރޭޝަންގެ 14 ބައިވެރިއަކު މި ކޯސް ފުރިހަމަކުރިކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.

މި ކޯހުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ ސެނެހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ސިފައިންނެވެ.