ބޭނުންވާ ތަކެތި

500 ގުރާމު ބޯންލެސް ޗިކަން ( ހިމަ ދިގުކޮށް ކޮށާފައި)

1 ސައިސަމުސާ އިނގުރު (ޕައުޑަރ)

1 ސައިސަމުސާ ލޮނުމެދު (ޕައުޑަރ)

1 ސައިސަމުސާ ފިޔާ (ޕައުޑަރ)

2 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

2 މޭޒުމަތީސަމުސާ ވެޖިޓަބަލް އޮއިލް

1 މޭޒުމަތީސަމުސާ ލޮނުމެދު (ޗިސްކޮށްފައި)

1 ފިޔާ (ކުދިކޮށް ކޮށާފައި)

1/3 ޖޯޑު ގްރީން ޕީސް

½ މޭޒުމަތީ ސަމުސާ ވައިޓް ޕެޕާ ޕައުޑަރ

1 މޭޒުމަތީ ސަމުސާ ވިނިގާ

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެގޮތް

ކުކުޅުތައް ރަނގަޅަށް ދޮވެލުމަށްފަހު ތައްޓަކަށް އަޅާށެވެ. ދެން އިނގުރު، ލޮނުމެދު، ފިޔާ ޕައުޑަރ އެއަށް އަޅާށެވެ. އަދި މުގުރި މިރުހާއި ލޮނުކޮޅެއްވެސް އަޅައިގެން ކުކުޅު ކޮޅާއި އެއްކޮށް މޮޑެލާށެވެ. އެއަށްފަހު ތެއްޔަކަށް ތެޔޮ އަޅާށެވެ. ދެން ތެޔޮ ފޮދު ހޫނު ކުރުމަށްފަހު ޗިސްކުރި އިނގުރުކޮޅު އަޅާށެވެ. އެއަށްފަހު ދޭފަތކުން ހަލާލާށެވެ. ދެން ކުކުޅުކޮޅު އަޅާށެވެ. ކުކުޅުކޮޅހު ތެޔޮ ފޮފުގައި ރަނގަޅަށް ހަނާވުމުން ކެއްކި ބަތްކޮޅު އަޅާށެވެ. ބަތްކޮޅު ތެއްޔަށް އެޅުމުގެ ކުރިން ސޯޔާސޯސް އާ އެއްކޮށްލާށެވެ. އެއަށްފަހު ބެލްޕެޕާ އާއި ކޮށި ފިޔާ އަދި ގްރީން ޕީސް އަޅާ އެއްކުރާށެވެ. ދެން ވިނިގާ އާއި ވައިޓް ޕެޕާ ޕައުޑަރ އަޅާ އެްކުރުމަށްފަހު ބަތްތެލި އުނދުންމަތިން ބާލާށެވެ.