މިމަހު 25 ވަނަ ދުވަހު، މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތަށް ހައްޔަރު ކުރެވުނު ގދ. ހޯޑެއްދޫ ސްވެން، އަބުފުﷲ ރަޝީދު ފުލުހުންގެ ހައްޔަރަށް ގެނިވިފައި ހުއްޓާ ނިޔާވުން އެއީ ވަަރަށް ހިތާމަވެރި ކަމެއްކަމުގަޔާއި ފުލުހުންގެ އިހުމާލެއް އޮތޯ ބެލުމަށް ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުން ދެވޭނެކަަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

އަބުދުﷲ ރަޝީދުގެ އާއިލާގެ މެންބަރަކު މިއަދު ފޭސްބުކްގައި ހިއްސާކޮށްފައިވާ ލިޔުމެއްގައި ވަނީ ފުލުހުން .އޭނާ ހައްޔަރުކުރަށް މިމަހު 25 ވަނަ ދުވަހު 12 ޖަހާކަންހާއިރު، ދިޔަ އިރު އޭނާ އިނީ ގޭގެ ކޮޓަރީގައި ކަަމަށެވެ. އަދި އެއްވެސް ލިޔުމެއް ނުދައްކާ އަބުދުﷲ ހިފަހައްޓައިގެން ގެންދިޔަކަމަށެވެ. އަދި އެމީހުންގެ ގެ ބަލާ ފާސް ކޮށް ހެދުމަށް ފަހު ފުލުހުން އޭނާ ގޮވައިގެން ބަނދަރަށް ގޮސް ލޯންޗަކަށް އެރުވި އިރުވެސް އޭނާ މޭގަ ރިއްސާތީ ޑޮކްޓަރަށް ދެއްކުމަށް އެދުނުކަމަށް އާއިލާއިން ބުނެފައި ވެއެވެ.

އަދި އެވަގުތު ހޯޑެއްދޫ ދާއިރާގެ މެންބަރު ފިރުޝާން އާއި ހެލްތް ސެންޓަރ މެނޭޖަރ ވެސް އައިސް އޭނާ ޑޮކްޓަރަށް ދެއްކުމަށް އެދުމުން ވެސް ފުލުހުން ފުރައިގެން ދިޔައީކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.

އަބުދުﷲ ރަޝީދުގެ އާއިލާއިން މި ކުރާ ތުހުމަތު ތައް ބެލުމަށް ތަހުގީގު ކުރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މިއަދު ކުރެއްވި ޓުވިޓެއްގައެވެ.