ނ. މަަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫޢުގެ މަސައްކަތުގެ އެންމެފަހުގެ އަޕްޑޭޓް އެމްޓީސީސީން މިއަދު ދީފިއެވެ. އެ ކުންފުނީން މިއަދު ބުނެފައިވަނީ އެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ޖެޓީ ހެދުމުގެ މަސައްކަތާއި، ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

ސަރުކާރުން 32.1 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ހިންގާ މި މަޝްރޫގެ ދަށުން:

  • 29,038 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން
  • 195 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 188 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • ކޮންކްރީޓް ބްރިޖެއް އެޅުން
  • ރޭމްޕެއް ހެދުން
  • ނެރު ބައްތި ޖެހުން ހިމެނެއެވެ.

މި މަސައްކަތް ފަށައިފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރ މަސްތެރޭގައެވެ،