އަދީބު ގޭގައެވެ!. ޒިޔަތުވެސް ގޭގައެވެ! ޖަރީމާގެ ބޮޑުކަމާއި، ނަމުގެ މަޝްހޫރުކަމުން، ޑީލަރުންނަށްވެސް އިޝާރާތެއް ކޮށްލުމުން ފުދެއެވެ. ލީޑަރު ޖަލުގައި ހުންނެވުމުން ޕާޓީގެ ލޯޔަލިސްޓުންނަށް ހިތްދަތިކަން އިޙުސާސް ވުމަކީ ނިކަން ތޮބީޢީ ކަމެކެވެ.

އިދިކޮޅުން ބުނަނީ ލީޑަރަށް އިތުރު ވޭންތަކެއް ދިނުމަށް ސަރުކާރުން އަދީބާއި ޒިޔަތާއެކި ޑީލް ހެދީ ކަމުގައެވެ. އުގޫބާތުގެ މާއްދާތަކުން އެފަދަ ކަންކަން ހުއްދަކުރާތީ އެއީވެސް ޖަރީމާގެ ފުނަށް ވާސިލުވުމަށް އޮތް މަގެކެވެ. އެއީ ޖަމާއަތަށް ފައިދާ ހުރިގޮތަށް ކަމުގެ ހަގީގަތަށް ވާސިލުވުމުގެ މަގްސަދުގައި ހުއްދަ ކުރެވޭ ކަންކަމެވެ.

ލީޑަރުގެ ޙުކުމް އަދި އޮތީ ފަހެއް ގައެވެ. އެކަމަކު ދެން ތިބީންނަށް ދެ ގުނައިން ހަތަރު ގުނައިގެ ޙުކުމްތައް ކަށަވަރު ވެއްޖެއެވެ.

މަހާ ޖަރީމާ އެއޮތީ އާންމުންނާ ހަމައަށް ތިލަވެފައެވެ. ދައުވާގެ ލިޔުމުގެ ހުރިހައި ސޮފްހާއެއްގެ ލިޔުން އާންމު މީހާ ބަލާކަށް ބޭނުމެއް ނުވާނެއެވެ. ރައްޔިތުން ބަލާނީ ޙުކުމުގެ އަދަދާއި މުޖުރިމު، ބަހައްޓާފައި ހުރި ތަނެވެ.

މި ދެ ނުކުތާގައިވެސް ޕާޓީ މީހާ ފިޔަވައި ދެންތިބީންގެ މާ ބޮޑު ނުތަވަސް ކަމެއް އޮތް ހެނެއް ހިއެއް ނުވެއެވެ.

ލީޑަރުގައި ޖަލުގައި ހުންނަވާފައި ޑީލަރުން ގޭގައި ތިއްބަސް އޯކޭ އެވެ.

އެހެނީ، ލީޑަރުގެ ވެރިކަމުގައި ޑީލަރުން ޖަލުގައި ހޭދަ ކުރި ދުވަސްތައް މާގިނަ ވެފައި ލީޑަރު، ޑީލަރުންނަށް ދެއްވި ހިތްދަތިކަން އަދިވެސް މީހުންގެ ހަނދާނުގައި ހުރީތީއެވެ!