މާޔޫސްކަން ފޮރުވުމަށް ހިނިތުންވުމަކީ އެންމެ ރަނގަޅު އެއްސަޤާތް ކަމަށާއި އެކަކު އަނެކަކާއި މުއާމަލާތް ކުރުމުގައި އޯގާތެރިކަމާއި ލޯތްބާއެކު މުއާމަލާތް ކުރުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

މުފްތީ މެންކް މިހެން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިރޭ ފުވައްމުލަކުގައި ދީނީ ނަސޭހަތް ދެއްވަމުންނެވެ.

މެންކް ވިދާޅުވީ އެންމެ ރަނގަޅު އެއްސަދަޤާތަކީ ހިނިތުންވުން ކަމަށެވެ. އަދި ހިނިތުންވުމުގެ ވުމުގެ ސަބަބުން މާޔޫސްކަން ފޮރުވާލާކަމަށެވެ.

މީގެ އިތުރުން މިރޭ ދެއްވި ދީނީ ދަރުހުގައި މެންކް ވަނީ އެކަކު އަނެކާ މުއާމަލާތް ކުރާއިރު ހިނިތުންވުމާއެކު މުއާމަލާތް ކުރުމަށާއި ﷲގެ ރުއްސެވުމާއި ފުއްސެވުން އެދިގެން ކަންކަން ކުރުމަށާއި މީހަކަށް ނުވަތަ ބަޔަކަށް އެހީތެރިވެގެން ރީތި ނަމެއް ނުލިބުނުނަމަވެސް އެކަމާ ދެރަވެ މާޔޫސް ނުވުމަށް ނަސޭހަތް ތެރިވެ ވަޑައިގެންފައެވެ. އަދި އެހީތެރިކަން ބޭނުންވެފައިވާ މީހުންނަށް މާލީ ގޮތުން އެހީވެވެން ނެތްނަމަ ހެޔޮބަސް އެފަރާތްތަކަށް ރައްދު ކުރުމަށްވެސް މެންކް އެދި ވަޑައިގައިގަތެވެ.