މާފުށީގައި ޓްރޭނިން ހަދަމުންދިޔަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ މުވައްޒަފަކު ގެނބިގެން މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާކަމުގެ މަޢުލޫމާތު މިއަދު 11:15 އެހާ ކަންހާއިރު ފުލުހުންނަ ލިބުނުކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދިނެވެ.

ގެނބުނު މުވައްޒަފު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެނިކޮށް އޭނާ ނިޔާވެފައިވާކަމަށް އައިޖީއެމްއެޗު އިން ފުލުހުންނަނަށް މައުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭކަންކަން ފުލުހުން ބަލަމުންދާކަމަށްވެސް އެ އިދާރާއިން ބުންޏެވެ.