އެމްޑީޕީގެ ތަރުޖަމާނަކަށް އަލްއުސްތާޛް އަނަސް އަބްދުއްސައްތާރު ހަމަޖައްސަވައިފި ކަމަށް އެޕާޓީން ބުނެފިއެވެ. އަލްއުސްތާޛް އަނަސް އަބްދުއްސައްތާރު އެންމެފަހުން ހުންނެވީ އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިސްގެ ރައީސްކަމުގައެވެ. އޭނާއަކީ ކުރިން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރެއްވި ބޭފުޅެކެވެ.

އަނަސް މިހާރު ހުންނެވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. އޭނާއަކީ ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިން ބެޗްލަރ އޮފް ލޯސް އެލްއެލްބީ (އޮނާސް) ޝަރީއާ އެންޑް ލޯ ހާސިލްކުރައްވައިފައިވާ ބޭފުޅެކެވެ.