މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ފަަސްކޮށްފައިވާ ނަސްރުގެ ދުވަހުގެ ޖަލްސާ މާދަމާރޭ ބާއްވާ ގޮތަށް އެ ޕާޓީން ހަމަޖައްސައިފިއެެވެ.

އެޕާޓީން ބުނެފައިވަނީ ޖަލްސާ އޮންނާނީ މާދަމާރޭ 8:45 ގައި ހ. މީރުމާ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ.

މި ޖަލްސާގައި ބައިވެރިވުމަށް އެޕާޓީން ވަނީ އެންމެނަށް ދައުވަތު ދީފައެވެ. އެ ޖަލްސާ ބާއްވަން ކުރިން ނިންމާފައިވަނީ ނޮވެމްބަރ ދެވަނަ ދުވަހުގެ ރޭ ގައެވެ. އެހެން ނަަމަވެސް އެމްއާރުއެމްގެ ރައީސް ފާރިޝް މައުމޫންގެ ދެބެއިންގެ ދެދަރި ބޭފުޅެއް ކަމަށްވާ ޒިޔާ އައްބާސް ކުއްލި ގޮތަކަށް ނިޔާވުމުން އެޖަލްސާ ފަސް ކުރީއެވެ.