ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއް މާލެއާއި އައްޑޫ ސިޓީއާއި އެސިޓީގެ ކަނޑުގެ ސަރަހައްދުގައި ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިއީ މިއީ ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ. މިއޮޕަރޭޝަނާ ބެހޭ އިތުރު މައުލޫމާތެއް އެފަރާތްތަކުން ދެއްވާފައެއް ނުވެއެވެ. އިތުރު ތަފްސީލް ހާމަކުރެވެން އޮތް މިންވަރަކުން ހާމަކުރައްވަމުން ގެންދަވާނޭ ކަމަށް ފުލުހުންނާއި ސިފައިން ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަކީ އަމާން ތަނެއްގެއް ގޮތުގައި ބޭއްވުމަށް މި ދެ މުއައްސަސާއިން އަބަދުވެސްގެންދަވަނީ ގުޅިގެން މަސައްކަތް ކުރައްވަމުންނެވެ.