ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން މިހާރު ކުރިއަށް ގެންދާ ކައުންޓަރޓެރަރިޒަމް އޮޕަރޭޝަންގައި މިހާތަނަށް 13 މީހަކު ހައްރުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެ އެންމެންނަކީ ވެސް ދިވެހި ފިރިހެެނުންނެވެ.

އެ މީހުން ހައްޔަރު ކޮށްފައިވަނީ އައްޑޫސިޓީންނާއި މާލޭ ސިޓީންނާއި ކ. ގުރައިދޫންއިން ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އޭގެ ތެރެއިން އައްޑޫ ސިޓީއިން ނުވަ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. މާލޭ ސިޓީން ހައްޔަރު ކޮށްފައިވަނ 2 މީހެކެވެ. ކ. ގުރައިދޫއިން ވެސް ހައްޔަރުކޮށްފައިވަނީ ދެ މީހަކު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމީހުން ހައްޔަރުކުރީ ކީއްވެ ކަމާއި އެމީހުން ހައްޔަރު ކުރުމަށްފަހު މިހާރު ތިބި ތަނަކާ ބެހޭގޮޮތުން އެމްއެންޑީއެފުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އޮޕަރޭޝަނާބެހޭ މައުލޫމާތު ހާމަކުރެވެން އޮތް މިންވަރަކަށް ހާމަކުރައްވަމުން ގެންދަވާނޭ ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

މި އޮޕަރޭޝަން އަދިވެސް ކުރިއަށްދާނޭ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި އޮޕަރޭޝަން ފަށައިފައިވަނީ އިއްޔެއެވެ.