އެކުވެރި އަރަބި އިމާރާތުގައި ގެއްލިގެން ހޮދަމުން ދިޔަ މޯލްޑޯވާއިން އައިސް ފަލަސްޠީނުގެ ފަސްގަނޑަށް ވެރިވެގެން އުޅުނު ޒަޔަނިސްޓު ފާދިރީ މަރާލީ ކަމަށް ބަލައިފިއެވެ.

ފަލަސްޠީނު މީޙުންނާ ދެކޮޅަށް ގަތުލުއާންމު ހިންގި ޒަޔަނިސްޓު މުޖުރިމު، މަރާލުމުން އެއީ ޓެރަރިސްޓް އަމަލެއްކަމަށް އިޒްރޭލުން ވަނީ ސިފަ ކޮށްފައެވެ.

ހަނގުރާމައިގެ ޖަރީމާތަކަށް ވޯންޓެޑް މުޖުރިމު ނަތަންޔާހޫ ގެ އޮފީހުން ވަނީ ކޮންމެ ހެން ބޭނުންވެގެން ނޫން ގޮތަކަށް އެންމެ އެކުވެރި އަރަވި އިމާރާތަށް ދަތުރު ނުކުރުމަށް ފަލަސްޠީނުގައި އިންދާފައިވާ ޒަޔަނިސްޓުންނަށް އަންގާފައެވެ.

އެންމެ އެކުވެރި އަރަބި އިމާރާތުން ބުނެފައި ވަނީ ޔަހޫދީ ޒަޔަނިސްޓު މުޖުރިމު މަރުވި ހާދިސާގެ ވަށައިގެންވާ ކަންކަން ބަލަމުން ދާކަމަށެވެ.

މިމީހާއަކީ ފަލަސްޠީނު މީހުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ގީވާޓީ ބްރިގޭޑްގައި ހަނގުރާމައިގެ ޖަރީމާތައް ހިންގި މުޖުރިމެކެވެ.

މި ޚަބަރާ ގުޅޭ އިތުރު ތަފްސީލު