ސައްޙަ ނޫން ޑޮލަރ ބޭނުންކޮށްގެން މަކަރާއި ހީލަތުން މޮބައިލް ފޯނެއް ގަންނަން އުޅުނު މީހަކު ރޭ ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި މަލެެއިންނެވެ.

މި ކަމާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެެއް ނިންމަން ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ 15 ދަވަހަށް އޭނާ ބަންދު ކުރުމަށް އަމުރު ނެރެފައެވެ. މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިފަދަ މައްސަލަތައް ރާއްޖޭގައި މިހާރުވަނީ އިތުރުވެފައެވެ. ފްރޯޑް ކޯލްސްތައް ކޮށްގެންނާއި އެ ނޫންވެސް އެފަދަ ސްކޭމް ގޭމްސްތަައް ބޭނުން ކޮށްގެން މީހުންނަށް އޮޅުވާލައި މަކަރުހަދައިގެން ފައިސާ ހޯދުމަކީ ވެސް މިހާރު އާންމު ކަމެެކެވެ. މިފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުން ގެންދަނީ ހަނދާން ކޮށްދެމުންނެވެ.