ކޮރޯނާ ވައިރަސްއަށް ފައްސިވާ މިންވަރު ދުނިޔޭގެ ގައުމުތަކުގައި ދަނީ އިތުރު ވަމުންނެވެ. ހަމަ އެއާއެކު ފަރުވާއަށް ބޭނުންކުރާ ބޭހުގެ ތަދުމަޑުކަމެއް އައިސްދާނެ ކަމުގެ ބިރުވެސް ވަނީ ހީވާން ފަށާފައެވެ.
އިންޑިއާއި ޕާކިސްތާނުން ވަނީ ކޮވިޑަށް ބޭނުން ކުރާ ރެމްޑެސިވިއެރ ބޭސް އުފެއދުން އިތުރު ކޯށްފައެވެ.
އެމެރިކާގެ ގިލިއަރޑް ކުންފުނިން ވަނީ ކޮރޯނާ ވައިރަސްއަށް ބޭނުންކުރާ މި ބޭސް އިންޑިއާއާއި ޕާކިސްތާންގެ ނުވަ ކުންފުންޏަކުން އުފެއްދުމަށް ހުއްދަ ދީފައެވެ.
ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ތެރޭން އެދެވޭ ސްޓޮކެއް ހުރި ދެގައުމަކީ މިހާރު އިންޑިއާއާއި ޕާކިސްތާނެވެ.
ގިލިއަރޑުން މި ދެ ގައުމުގެ އިތުރުން މިސްރާއެކުވެސް އެއްބަސްވުމެއް ހަދާފައި ވެއެވެ. ތިން ގައުމާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ތަރައްގީ ވަމުން އަންނަ 127 ގައުމަކަށް މި ބޭސް ފޯރިވައި ދޭން ޖެހޭނީ މި ތިން ގައުމުންނެވެ.
މިތިން ގައުމާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތަކީ ޑަބްލިޔުއެޗްއޯއިން ވަބާގެ މުއްދަތު ކަމަށް އިޢްލާން ކުރާ މުއްދަތަށް ނުވަތަ ކޮވިޑް19އަށް ވެކްސިންއެއް ހޯދެންނެވެ.
އެމެރިކާގައި 380 ޑޮލަރަށް ވިއްކާ މި ބޭސް އުފެއްދުމަށް ހުއްދަ ދީފައިވަނީ ގިލިއަރޑްއަށް އެއްވެސް ފައިދާއެއް ނޯންނަ ގޮތަށެވެ. އިންޑިއާގައި މިބޭހުގެ އަގު އުޅެނީ 30 އެމެރިކާ ޑޮލަރުގައެވެ. މިއީ އަސްލު އެބޯލާ ފަދަ ބަލިތަކަށް އުފެއްދި ބޭހެކެވެ.