ޓެކްސް ބިލް މިހާރުއޮތް ގޮތަށް ފާސް ނުކުރުމަށް ގޮވާލައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ވެސް އިހްތިޖާޖުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީސް ކުރާގޭގެ ސަރަހައްދުގައި މިއަދު ބޭއްވި އިހުތިޖާޖުގައި ބައިވެރިވި މީހުން ގޮވާލަައިފައިވަނީ އެ ބިލް މިހާރުއޮތްގޮތަށް ފާސްކޮށްފި ކަމަށްނަމަ އެކަމުގެ ސަބަބުން ރައްޔިތުންނަށް ދަތިވާނޭ ކަމަށެވެ.

މިއަދުގެ އިހުތިޖާޖުގައި ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އިއްޔެގެ އިހުތިޖާޖުން ވެސް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އެމީހުން ދޫކޮށްލި ކަމެއް އެނގިފައެއް ނުވެއެވެ.