މާލެއާއި ހުޅުމާލޭ ސްކޫލުތަކުގައި ޤާއިމްކޮށްފައިވާ އަލިފާންނިވާ ނިޒާމްތައް ޗެކުކުރުމުގެ ޕްރޮގްރާމުގެ ތެރެއިން، މާލޭގެ 8 ސްކޫލެއްގެ އަލިފާންނިވާ ނިޒާމްތައް އިއްޔެ ވަނީ ޗެކުކޮށް ނިމިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. މިއީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށްދާ ޕްރޮގްރާމެއް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި މަސައްކަތް އެމްއެންޑީއެފުން ފަށައިފައިވަނީ މިހިނގާ ނޮވެންބަރު 17 ވަނަ ދުވަހު އެވެ. މި ހަރަކާތުގައި އެރޭ ޗެކްކޮށްފައިވަނީ އިސްކަންދަރު ސްކޫލުގައި ޤާއިމްކޮށްފައިވާ އަލިފާންނިވާ ނިޒާމްތަކެވެ.

މި ހަރަކާތް ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މާލެއާއި ހުޅުމާލޭގެ 22 ސްކޫލެއްގެ އަލިފާންނިވާ ނިޒާމުގެ ހާލަތު މިހަރަކާތުގެ ދަށުން ޗެކުކުރާނެއެވެ. ސްކޫލުތަކުގައި ގާއިމްކޮށްފައި ހުރި އަލިފާންނިވާ ނިޒާމްތައް ހުރީ ރަނގަޅު ހާލަތެއްގައިތޯ މި ހަރަކާތުގެ ދަށުން ބަލައި ޗެކްކުރެވޭނެއެވެ