އެމްޑީޕީ ސަރުކާރަށް މިމަހު 17 ވަނަ ދުވަހު 4 އަހަރު ފުރުނީއެވެ. އެ އަހަރުތަކުގެ ތެރޭގައި ވަނީ ރިޔާސީ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން ބޮޑު ޕަސެންޓެއް ކާމިޔާބުކުރެވިފައި ކަަށް އެމްޑީޕީން ބުނެފައިވެއެވެ.
މެނިފެސްޓޯގައި ނެތް ކަމެއްގެ ގޮތުގައި ސަރުކާރުން ޙާސިލު ކުރި އެންމެ ބޮޑުކާމިޔާބީ އަކީ ކޮވިޑް 19 ގެ އާލަމީ ބަލިމަޑު ކަމުން އަރައިގަތުމުގައި ނަމޫނާ ގައުމަކަށް ރާއްޖެ ވުން ކަަމަށް އެޕާޓީން ބުނެފައިވެއެވެ.
އެޕާޓީން ބުނެފައިވަނީ ގޮންޖެހުން ތަކާ ހައްސާސް ޙާލަތް ތަކުގެ ތެރޭގައި ވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ތަކުގެ މަޝްރޫޢުތައް ހަމަހަމަ ކަމާއެކު މިސަރުކާރުން ވާނީ ހިންގާފައި ކަމަށެވެ. އެގޮތުން ކަރަންޓާއި މަގާއި ބަނދަރާއި އުމްރާނީ ވަސީލަތްތަކާ ޞިއްހީ ދާއިރާ އަށް ބޮޑެތި ކުރިއެރުން ގެނެސްދީފައިވާނޭ ކަމަށް ވެސް ބުނެފައިވެއެވެ. ހުނަރާ ތަމްރީނާއި ހިލޭ ޑިގްރީ މުޅިރާއްޖެއަށް ފުޅާކުރެވުނު ކަމަށާއި ތައުލީމީ ދާއިރާ އަށް އިންގިލާބީ ހެޔޮ ބަދަލު ތަކެއް އެ 4 އަހަރު ގެނެސްދީފައިވާނޭ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
އެމްޑީޕީ 2018 ވަނަ އަހަރު ވެރިކަމަށް އައީ ގިނަ ޕާރޓީ އެކުލެވޭ ސިޔާސީ ނިޒާމުން ކަށަވަރު ކޮށްދޭ ޙައްޤު ތަކާ އޭގެ އަގުތަށް ދިވެހިރާއްޖެއިން ގެއްލެމުން ދިޔަ ރިޔާސީ ދައުރަކަށް ފަހު ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.