ކުޅުދުއްފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ ރޯހަައުސްތައް ގުރުއަތުން ހޮވިފައިވާ ފަރާތްތަކާ މިއަދު އެތަންތަން ހަވާލު ކޮށްފި ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެއީ މީގެ 11 އަހަރު ކުރިން ހަދަން ފަށާފައިވާ ތަންތަނެވެ. އެތަންތަން މަރާތު ކުރުމަށްފަ ގުރުއަތުލައިފައިވަނީ މިދިޔަ ހޯމް ދުވަހުއެވެ.

ސަރުކާރުން ކުޅުދުއްފުށި ސިޓީގައި އިމާރާތްކުރި 105 ރޯހައުސް، އެ ރޯހައުސްތައްލިބޭ ހައްގުވެރި ފަރާތްތަކާ ޙަވާލުކުރުން ކުރިއަށްދަނީ

ރޯހައުސްތަކުގެ ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭނީ 19000 ރުފިޔާ އެވެ. އެފައިިސާ 2 މަހަށް ބަހާލައިގެން ދެއްކޭނޭ އިންތިޒާމް މިހާރުވަނީ ހަމަޖައްސައިދީފައެވެ. މި މަޝްރޫއުގެ ދަށުން 160 ހައުންސިންގ ޔުނިޓްގެ މަސައްކަތް ކުރަން ފެށިއެވެ. އެހެންނަސް މަސައްކަތް ނިމުނީ މަދުތަނެއްގައެވެ.

އެތަންތަން މަރާމަތު ކުރަން ބަޔަކާ ހަވާލުކުރީ މިދިޔަ އަހަރުއެވެ. މާރާތުކޮށް ނިމުނީ މިއަހަރު އޮކްޓޯބަރުގައެވެ.