މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ބޭނުންވާ ދެ މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

އެ ދެ މީހުންނަކީ ގދ. ތިނަދޫ، ވެސްޓްޕޯލްއިރު، އަޙްމަދު ސަލީމާއި، ދ. މީދޫ، ދުނބުރިމާގެ، މަރްޔަމް ރާމިޒާ އެވެ. އެ ދެމީހުން ހާޒިރުވާން ޖެހެނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށެވެ. ހާޒިރުވާން ޖެހޭ ތާރީޚަކީ 2022 ޑިސެމްބަރު 08 ވަނަ ދުވަހުގެ 10:00 އަށެވެ.

މި ދެ މީހުން ހޯދަން އިއުލާން ކުރީ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހަޅައި، ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށެވެ. އެ މީހުން ހާޒިރު ކުރަން ބޭނުންވިޔަސް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވެއެވެ. ދެ މީހުންގެ އާއިލާއަށްވެސް އެމީހުން އުޅޭ ވަކިތަނެއް އެނގިފައިނުވާ ކަމަށް ފުުލުހުން ވަނީ ބުނެފައެވެ.