ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ މަސްކިރުވާ އަދަދު ދަނީ އިތުރުވަމުންނެވެ. މަސްވެރިކަން ރަނގަޅުވުމާއެކު މަހަށް ނިކުންނަ ދޯނިތަށް ވެސް ވަނީ ގިނަވެފައެވެ. މިފްކޯގެ ތަފާތު ހިސާބުތަށް ދައްކާގޮތުގައި މިހާރު އެވަރެޖުކޮށް ދުވާލެއްޖެ މައްޗަށް 280 ޓަނުގެ މަސް މިފްކޯއަށް ކިރައެވެ.

މިފްކޯއިން މައުލޫމާތު ދޭގޮތުގައި ވޭތުވެދިޔަ 48 ގަޑިއިރު ތެރޭގައި 321 މެޓްރިކު ޓަނުގެ މަސް ވަނީ ގަނެފައެވެ.

މިފްކޯގެ ތަންތަނަށް މަސް ގަތް ތަފުސީލު:

ފެލިވަރު: 50.70 މެޓްރިކް ޓަން

ކޫއްޑޫ ފިޝަރީޒް: 221.12 މެޓްރިކް ޓަން

އައްޑޫ ފިޝަރީޒް ކޮމްޕެލެކްސް: 48.71 މެޓްރިކް ޓަން

މަސްވެރިކަން ތިޔާގި މި ދުވަސްތަކުގައި މަސްވެރިންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ލިބުމެވެ. ރައީސް ޑރ. މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދެމުންގެންދާތާ މިހާރު ވަނީ މަހަކަށް ވުރެ ގިނަ ދުވަސް ވެފައެވެ. މިއީ މަސްވެރިން އެކަން ބަލައިގަނެ އުފާކުރާ ކަމެކެވެ.