އއ. ތޮއްޑޫގައި އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް އިފުތިތާހުކޮށްފިއެވެ.

އެރަށުގައި މިކަމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެެންސް މިނިސްޓަރ މާރިޔާ އަަހުމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ އެމްއެންޑީއެފުން އެރަށަށް ހަދިޔާ ކުރެއްވި އަލިފާން ނިވާ ޕަމްޕް ސިސްޓަމް އެ ރަށުގެ ކައުންސިލާ ހަވާލު ކޮށްދެއްވައިފައެވެ. ތޮއްޑޫ ކައުންސިލް އިދާރާގެ ފަރާތުން ޕަމްޕް ސިސްޓަމާ ހަވާލުވެލެއްވީ އެރަށު ކައުންސިލުގެ ރައީސް، އަޙްމަދު ކަރަމްއެވެ.

އެރަށުގައި އިފްތިތާޙްކުރެވުނު އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމަކީ ނޮވެންބަރު 12 އިން 18 އަށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް ގުޅިގެން ތޮއްޑޫގެ ރައްޔިތުންނަށް ހިންގި ކޮމިޔުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރސް ޕްރޮގްރާމު ފުރިހަމަކުރި ފަރާތްތައް ހިމަނައިގެން އެކުލަވާލެވިފައިވާ ޓީމެކެވެ. މި ރަސްމިއްޔާތުގައި، ޕްރޮގްރާމު ފުރިހަމަކުރި ފަރާތްތަކަށް ލިޔުން ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއެވެ.

ތޮއްޑޫން އަށް ފިރިހެނުންނާއި ތިން އަންހެނުން ބައިވެރިވި މި ޕްރޮގްރާމުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި ފަޔަރ ބިހޭވިއަރ، ޕޯޓަބަލް ފަޔަރ އެކްސްޓިންގުއިޝަރސް، ރޯޕްސް އެންޑް ނޮޓްސް، އިންސިޑެންޓް ކޮމާންޑް ސިސްޓަމް، ފަޔަރ ހޯސް ނޮޒްލްސް އެންޑް އެޕްލަޔަންސަސް، ޕަމްޕްސް އެންޑް ޕްރައިމަރސް، ފަޔަރ ސްޓްރީމް، ވިކްޓިމް ކެރީއިންގ މެތަޑްސް، އަދި ޑިފެންސިވް ފަޔަރ ފައިޓިންގގެ ބައިތައް ހިމެނެއެވެ.

މީގެއިތުރުން ފިޒިކަލް ޓްރެއިނިންގގެ ކުލާސްތައް ވެސް ވަނީ ޕްރޮގްރާމުގެ ބައިވެރިންނަށް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމުގެ ހަވާސާގައި އއ.ތޮއްޑޫ ސްކޫލުގެ 80 ބެލެނިވެރިންނަށް، ގޭތެރޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވާނެ ގޮތުގެ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށް އެމްްްއެންޑީއެފުން ވިދާޅުވިއެވެ.