އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ޕެންޝަން އޮފީހުގައި ފަޔަރ އިވެކުއޭޝަން ޑްރިލްއެއް ބާއްވައިފިއެވެ.

ޕެންޝަން އޮފީހުގައި އިއްޔެ ކުރިއަށްގެންދިޔަ މި ޑްރިލްގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލުކުރަން ޖެހޭނެ ގޮތްތައް ޢަމަލީގޮތުން ކުރާނޭގޮތް ބުނެދީފައެވެ. އަދި އަމަލީ ގޮތުން ވަނީ ފަރިތަކުރުވައިފައެވެ. މި ޑްރިލްގައި އެ އޮފީހުގެ 32 މުވައްޒަފުން ބައިވެރިވިއެވެ.

މިއެމްއެންޑީއެފް އެފްއާރުއެސްއިން ވަނީ ފަޔަރ އިވެކުއޭޝަން ޑްރިލް ކުރިއަށްގެންދިއުމަށް ހަދާފައިވާ ޕްލޭން މުވައްޒަފުންނާ ކިޔައިދީފައެވެ. މި ޑްރިލްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިންނެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހިންގާ ފަޔަރ އިވެކުއޭޝަން ޑްރިލްތަކަކީ ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރަންޖެހޭނެ ގޮތްތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ހިންގާ ޑްރިލްތަކެކެވެ. މީގެ ކުރިން ވެސް އެމްއެންޑީއެފުން ވަނީ މިފަދަ ޑްރިލްތައް ބާއްވައިފައެވެ.