ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތުގައި ބޭނުންކުރަމުންދިޔަ ކްރޭނެއްގެ ބޫމް ފެއިލް ވެއްޖެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ. ބޫމް ހަލާކުވީ ވިލިމާލޭ ކައިރީގައި މަސައްކަތް ކުރަމުންދިޔަ ޖެކްއަޕް ޕްލެޓްފޯރމްގައި ބަހައްޓާފައިވާ މޯބައިލް ކްރޭންއަކުން ޕައިލިންގް މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް ސާމަނު އުފުލަނިކޮށް ކަމަށް ވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

މި ހާދިސާގައި މީހަކަށް ވެސް އަދި އެއްވެސް އާލާތަކަށް ވެސް ގެއްލުމެއްނުވެއެވެ. ކްރޭންގެ ބޫމްވަނީ ޖެކްއަޕް ޕްލެޓްފޯރމް މަތިން މިހާރު ނާގާފައިވާކަމަށް ވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން މި މަޝްރޫއުގެ މަސައްކަތުގެ ޝެޑިއުލްއަށް އެއްވެސް ބަދަލެއް އަންނާނެކަމަކަށް ވެސް ވިދާޅުވެފައިވެއެވެ.

މި ހާދިސާއާއި ގުޅިގެން ބައެއް ފަރާތްތަކުން ކަމުގެ އަސްލު އޮޅޭގޮތަށް ޚަބަރު ފެތުރުމުގެ ބަދަލުގައި ތެދު ޚަބަރު ފެތުރުމަށް ވެސް ވިދާޅުވެފައިވެއެވެ.