މާލެއަތޮޅު މާފުށީ ޖަލުބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ރޭ ފަށައިފިއެވެ. މިއީ މާފުށީ ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާ ގުޅިގެން ފެށި އޮޕަރޭޝަނެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

މި ފަދަ ހަރަކާތްތައް އެ ޖަލުގައި ހިންގާ ކަމުގެ މައުލޫމާތު ލިބުމުން އެ ތަން ބަލައި ފާސްކޮށްދިނުމަށް ފުލުހުންގެ ޚިދުމަތުގައި އެދިވަަނީ މޯލްޑިވްސް ކަރެކްޝަން ސަރވިސް އިންނެވެ.

އެ ޖަލު ބަލައި ފާސްކުރުމުގެ މި އޮޕަރޭޝަނުގައި ދިވެހިފުލުހުންގެ ޚިދުމަތުގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި މޯލްޑިވްސް ކަރެކްޝަން ސަރވިސް ބައިވެރިވެެއެވެ. މިހާތަނަށް ބެލި ބެލުމުން އެއްވެސް އެއްވެސް ނޭދެވޭ އެއްޗެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅެެއް ނުވެއެވެ.