ހުޅުމާލޭ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް ކަރަންޓު ދިޔަ ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފިއެވެ.
މި މައްސަލަ ދިމާވީ ހުޅުމާލޭ އިންޖީނުގޭގެ ފިއުލް ޕަންޕް ހައުސްއަށެވެ. ބައިގަޑިއެއްހާއިރު ތެރޭގައި މައްސަލަވަނީ ހައްލިކޮށް ކަރަންޓު ދެވިފައެވެ. ސްޓެލްކޯއިން މަސައްކަތްކުރަނީ މިފަދަ މައްސަލަތައް މަދުކޮށް ފެންވަރު ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ދިނުމަށެވެ.
އެކުންފުންޏަކީ ޔުޓިލިޓީ ޚިދުމަތް ދިނުމުގައި ރާއްޖޭގައި އެންމެ ފާޙަގަކޮށްލެވޭ އެއް ކުންފުންޏެވެ.