ނ.ވެލިދޫން ފުރައިގެން ށ. ގޮއިދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ދިޔަވެ އަޑިއަށް ހިނގައްޖެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މިއީ ކުޅުދުއްފުށީ ''ހައިޝަމް'' ނަމަކަށް ކިޔާ ދޯންޏެއް ކަަށެވެ. އެ ދޯނި ދިިޔަވެފައިވަނީ ށ. ބޮޑުޅައިމަންދޫ ކައިރިންނެވެ. މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު 11:13 އެހައިކަންހާއިރުއެވެ. މައުލޫމާތު ލިބުމާއިއެކު ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗާއި ށ. ފޮނަދޫގައި އޮންނަ ސީ އެމްބިއުލާންސް އެސަރަހައްދަށް ދިޔައެވެ.

70 ފޫޓްގެ މި ދޯނި ދިޔަވެ އަޑިއަށްދާން ފެށުމުން އެ ދޯނި ވަނީ ށ. ބޮޑުޅައިމަންދޫ ފަރާ ކައިރިކޮށްފައެވެ. މި ދޯނީގައި ތިބީ ހަތަރު ދިވެހީންނެވެ.

މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފް ބުނެފައިވެއެވެ. މި ދޯނިން އޮޔާ ގޮސްފައިހުރި ހުރި ގިނަ އަދަދެއްގެ މުދަލާއި ގޭސް ފުޅިތައް، ނޮދަން އޭރިއާ ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗުން ވަނީ ހޮވައިދީފައެވެ. މި ދޯންޏަށް އެހީތެރިވުމުގެ މަސައްކަތުގައި ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.