ކ.ކާށިދޫގެ އިރުދެކުނުން 3 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓުނު ދޯންޏަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފަށް މިހާދީގެ ރިޕޯޓް ލިބިފައިވަނީ ރޭ 10:24 އެހައިކަންހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ކާމިޔާބު" ލޯންޗް އެސަރަހަށްދަށް ގޮސް އެ ދޯންޏަށް އެހީތެރިވެފައިވެއެވެ.

މި ހާދިސާގައި އިންޖީނު ހުއްޓިފައި ވަނީ، ބ.ގޮއިދޫން ފުރައިގެން ކ.ކާށިދޫއަށް ދަތުރުކުރަމުންދިޔަ "އިރު އަލިމަސް" ކިޔާ މުދާ އުފުލާ ދޯންޏެކެވެ. އެ ދޯނީގައި ހަތަރު މީހުން ދަތުރުކުރިއެވެ. މިހާދިސާގައި އެއްވެސް މީހަަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.