ތިމަންނާއަކީ ނަބިއްޔެކޭ ކިޔައިގެން، އެއްފަހަރާ އެތައް ބަޔަކާ އިނދެގެން އުޅެމުން އޭގެ ތެރެއިން 15 ނުފުރޭ ކުއްޖެއްގެ ބައްޕައާ އެއްޖިންސުން ގުޅުން ހިންގައި އަދި އެ ތަން ބަލަން އޭނާގެ އަނބިންނަށް މަޖްބޫރުކޮށްގެން އުޅުނު އެމެރިކާ މީހަކު އެ ޤައުމުން މިއަދު ހައްޔަރު ކޮށްފި ކަމަށް ބައެއް ނޫސްތަކުން ޚަބަރު ދެއެވެ. މީނާގެ އެތަކެއް އަނބިން ތިބިއިރު، އޭގެ ތެރޭގައި 15 އަހަރުން ދަށުގެ ވެސް 20 އަނބިން ތިބި ކަމަށް ވެއެވެ.

އުމުރުން 45 އަހަރުގެ ސެމިއުލް ބެޓްމަން ނަމަކަށް ކިޔާ މި މީހާ ހައްޔަރުކޮށް އޭނާގެ މައްޗަށް ސަރުކާރުން އުފުލާފައިވާ ދަޢުވާ ތަކުގެ ތެރޭގައި ކުޑަކުދިން ވަގަށް ނަގައި، ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދަޢުވާ ހިމެނެ އެވެ. މީނާއަކީ، މޯމަން ޖަމާޢަތެއް ކަމަށްވާ ފަންޑަމެންޓަލިސްޓް ޗާޗް އޮފް ޖީސަސް ކްރައިސްޓް އޮފް ލޭޓަރ ޑޭ ސެއިންޓްސް ގެ މީހެކެވެ. އޭނާއަކީ ނަބިއްޔެއް ކަމަށް އޭނާ އަމިއްލަޔަށް ބުނެ އެވެ. އަދި 2019 ވަނަ އަހަރު ނެގި ހިސާބުތައް ދައްކާ ގޮތުން، އޭނާއަށް ތަބާވާ 50 އަށްވުރެ ގިނަ މީހުން އެބަ ތިއްބެވެ.

އެމެރިކާގެ ފުލުހުން ބުނާ ގޮތުގައި އެމެރިކާގެ އެރިޒޯނާ، ޔޫޓާ، ނެވާޑާ އަދި ނެބްރާސްކާގެ ހޮޓާތަކުގެ ކޮޓަރިތަކަށް ކުޑަކުދިން ކަމަށް ބެލެވޭ އުމުރުގެ އަންހެންކުދިން ގެންގޮސް މީނާއާއި މީނާއަށް ތަބާވާ މީހުން ޖިންސީ ގުޅުން ހިންގާފައި ވެއެވެ. މީނާ ހައްޔަރުކުރީ، މީނާގެ އަނބިންގެ ތެރޭގައި ހިމެނޭ 15 އަހަރު ނުފުރޭ އަންހެން ކުއްޖެއްގެ ބައްޕައާއެކު އެއްޖިންސުން ގުޅުން ހިންގަމުން އެ ތަން ބެލުމަށް އޭނާގެ ބައެއް އަނބިންނަށް މަޖްބޫރުކުރާތަން ފެންނަ ވީޑިއޯތަކެއް ރެކޯޑް ކޮށް އޭނާގެ ބައެއް އަނބިން ފުލުހަށް ހުށަހެޅުމުންނެވެ.

މި މީހާ ހިންގާފައިވާ މި ބާވަތުގެ ފާޙިޝް އަމަލުތަކުގެ ތެރޭގައި، އޭނާގެ އަނބިންގެ ގޮތުގައި ގެންގުޅޭ ކުޑަކުދިންގެ އުމުރުގައި ތިބި އަންހެނުންތަކެއް، އޭނާއަށް ތަބާވެގެން ތިބި ތިން ފިރިހެނަކު ޖިންސީ ގުޅުން ހިންގުމަށް ދިނުން ވެސް ހިމެނެއެވެ.

މި ފަދަ އެހެން ހާދިސާއެއްގައި މީނާ، ނެބްރާސްކާގެ ލިންކަންގެ ހޮޓަލެއްގެ ކޮޓަރިއެއްގައި ރާބޮއިގެން ހުރެ، އޭނާއަށް ތަބާވެގެން އުޅޭ މޮރޮނީ ޖޯންސަން ކިޔާ މީހަކާ އެއްޖިންސުން ގުޅުން ހިންގައި، އެއީ އަޚްވަންތަކަމުގެ ގުޅުން ކަމަށް ބުނެފައިވުމާއި، ހަމަ އެތާނގައި އޭނާގެ އެހެން އަންބަކާއި އެ ޖޯންސަން އާއި ތިން މީހުން އޮރިޔާން ހާލުގައި ތިބެ، މި ތިން މީހުންގެ މަންޒަރު ބަލަން ޖޯންސަންގެ ބައެއް އަންހެން ދަރިންނަށް މަޖްބޫރު ކޮށްފައިވާ ކަމަށް ވެސް ކޯޓަށް ހުށަހަޅާފަ އެވެ.

ހުސްވި އޮގަސްޓްމަހުގެ ތެރޭގައި ވެސް މި މީހާ ހައްޔަރު ކުރި ކަމަށް އެމެރިކާ ފުލުހުން ބުނެ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ޤާނޫނީ ބަންދެއް ނުވެ ދޫވެފަ އެވެ.