މާފަންނު ގެއެއްގެ ފާޚާނާތެރެއަށް ވެއްޓިފައިވާ މީހަކު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފަށައިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެމީހާ ފާޚާނާއަށް ވަނުމަށްފަހު ޚަބަރެއް ނުވެ ލަސްވުމުން ފުލުހުންނަށް އެގެއިން ރިޕޯޓު ކުރިކަމަށެވެ. ފުލުހުން އެގެއަށް ގޮސް ފާޚާނާއަށް ވަދެ ބެލިއިރު އޭނާ އޮތީ ވެއްޓިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންނަމަވެސް އޭރު އެމީހާގެ ހެއިހުރިތޯ ނޫންތޯ ވެސް ފުލުހުން ވިދާޅުވެފައެއް ނުވެއެވެ.

ފާޚާނާއަށް ވެއްޓިފައި އޮތީ 50 އަހަރުގެ ފިިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. މިހާދިސާ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 9:14 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ކަމާގުޅޭ އިތުރު މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރައްވާނޭ ކަމަށް ވެސް ފުލުހުންވިދާޅުވިއެވެ.