ދިވެހިބަހުން ރިފަރެންސް ފޮތް ލިޔަން ހަތަރު ފަރާތަކާ މިއަދު ޙަވާލުކުރައްވައިފި ކަމަށް މިނިސްޓްރީއޮފް އެޑިޔުކޭޝަނުން ވިދާޅުވެއްޖެއެވެ.

މިއީ ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މުޢައްސަސާތަކުގައި ދިވެހިބަހުން ހިންގާ މުދައްރިސުން ތަމްރީނުކުރާ ކޯސްތަކުގައި ބޭނުންކުރުމަށް ދިވެހިބަހުން ލިޔާ ރިފަރެންސް ފޮތެވެ. މި މަސައްކަތަކީ ކޮންސަލްޓަންޓް އުޞޫލުން ކުރާ ކަމެކެެވެ. މިމަސައްކަތް ކުރުމަށް މިއަދު ހަވާލުކޮށްފައިވާ އިތުރު 4 ފަރާތްތަކަކީ:

މި 4 ބޭފުޅުންނަކީ:

  • ޑރ. ހައްވާ ނީނާ ޢަލީ
  • އިބްރާހީމް އާދަމް
  • ހަމީޒާ އަފީފް
  • އަޙުމަދު ހާޝިމް

މި މަސައްކަތަކީ މޯލްޑިވްސް ލޭމްޕް ގެ ދަށުން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން އިން ތަމްރީނުކުރާ ކޯސްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތެކެވެ.