ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ބޭނުންވާ މީހަކު ނުފެނިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ހދ. މަކުނުދޫ، ލުބޯގަސްދޮށުގެ، ފައުޒާން އިބްރާހީމް (21އ) އުޅޭވަކިތަނެއް އެނގިފައިނުވާކަމަށެވެ. އޭނާގެ އާއިލާއަށް ވެސް އޭނާ އުޅޭތަނެއް ނޭނގޭ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އޭނާ އުޅޭތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ހަވާލުކުރަން ޖެހޭ ޗިޓް ވެސް ވަނީ ހަވާލުނުކުރެވިއެވެ. އެހެން ކަމުން ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އޭނާއަށް އެންގުމަށް ވަނީ އިއުލާނު ކޮށްފައެވެ.

އެ އިޢުލާނުގައިވާ ގޮތުން އޭނާ ހާޒީރުުވާން ޖެހޭނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށެވެ. ހާޒިރުވާންޖެހޭ ތާރީޚަކީ ޑިސެމްބަރު 22 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ.