އަންނަ އަަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިިކެޓު ދޭނޭ ބޭފުޅަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނޭ ކަމަށް އެޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިއަދު އިޢުލާން ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން އިޢުލާން ކުރެއްވީ ޓުވިޓަރ މެދުވެރިކޮށެވެ. "އަޅުގަނޑު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ވަނީ ނިންމާފައި. ޕާޓީގެ ހުރިހާ މެމްބަރުންގެ ވޯޓު އަޅުގަނޑަށް ދެއްވުން ވަރަށް އެދެން،" ނަޝީދު ވިދާޅުވެފައިވެއެވެ. ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަަހަރުގެ ޖެނުއަރީމަހު 28 ވަނަ ދުވަހުއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާފައެވެ. ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފަހުކޮޅުގައެވެ. ޕްރައިމަރާގައިި ވާދަކުރަން ބޭނުންވާ ފަރާތްތަކުން މިމަހު 24 ވަނަަދުވަހު ހަވީރު 4 ގެ ކުރިން 500 މީހުންގެ ތާއިދު ފޯމާއެކު އެޕާޓީއަށް ހުށަހަޅަން ޖެހެއެވެ. ރައީސް ނަޝީދުގެ އިތުރުން މީގެ ކުރީން ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނޭ ކަމަށް ވިދާޅުވެފައެވެ.