ގުޅީފަޅުން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އިންސާނެއްގެ ހަށިގަނޑުގެ ބައިތައް ފެނިފައިވަނީ ޑިސެމްބަރ 16 ވަނަ ދުވަހު ރޭ ހިނގި އަލިފާނުގެ ހިތާމާވެރި ހާދިސާއަށްފަހު މީހަކު ގެއްލިފައިވާ ކަމަށް މައުލޫމާތު ލިބިގެން އެމީހާ ހޯދަމުން ދަނިކޮށް ކަމަށެވެ.

އެއީ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއްތޯއާއި އަދި އެއީ ގެއްލިގެން ހޯދަމުންދިޔަ މީހާގެ ހަށިގަނޑުތޯ ކަށަވަރު ކުރުމަށްކުރަންޖެހޭ ތަހުލީލުތައް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާ ހިނގީ ތިލަމާލޭ ބްރިޖު މަސައްކަތް ކުރަމުން އަންނަ މީހުން ދިރިއުޅެމުންދާ އެކޮމޮޑޭޝަން ބްލޮކްގައެވެ. އެ ހާދިސާގައި 63 މީހަކަށް ވަނީ ފަރުވާދީފައެވެ.