އަމިއްލަ ފަރާތަކުން ފޭސްބުކްގައި ހިންގަމުން އަންނަ ކަށުނަމާދު ޕޭޖު ހުއްޓާލަން އަންގާފައި ނުވާނޭކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ. ސިޓީ ކައުންސިލުން މިހެން ބުނެފައިވަނީ އެ ޕޭޖު ހުއްޓާލަން އެންގިކަމަށް ބުނެ ހަގީގަތެއްނެތް ވާހަކަ ފަތުރަމުންދާތީ އެވެ.

"ކަށުނަމާދު ޕޭޖް ހިންގާ ފަރާތަށް ޕޭޖް ހިންގުން މަނާކޮށް، އެކަން ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލުން އެންގިކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫންކަމުގައި ދަންނަވަމެވެ. މާލެ ސިޓީ ކައުންސިލުގެ އެއްވެސް އޮފިޝަލަކު އެޕޭޖު ހިންގާ ފަރާތައް އެފަދަ ރަސްމީ އެއްވެސް އެންގުމެއް އަންގާފައި ނުވާނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ." ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ކަށުނަމާދު ޕޭޖަކީ މީހަކު މަރުވުމުން އެކަން އާންމުންނަށް އެންގުމަށް ބޭނުންކުރާ ޕޭޖެކެވެ. ކަށުނަމާދުކުރާނޭ މިސްކިތާއި، މޫނުދައްކާނޭތަނާއި، ވަޅުލާތަނާއި ވަގުތު މި ޕޭޖުމެދުވެރިކޮށް އާންމުކުރެއެވެ. މި ޕޭޖުގެ ސަބަބުން އާއިލާތަކަށް ވަރަށްބޮޑު ފަަސޭހައެއް ލިބެއެވެ.