ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ މީހަކު ފެނިއްޖެއެވެ. ފުލުހުން ވިދާޅުވީ، ނިޔާވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 45 އަހަރުގެ މީހެއް ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެމުން ފުލުހުން ވިދާޅުވީ އޭނާ ގެއްލިގެން އާއިލާ ހުކުރުުދުވަހު ފުލުހަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މި ރިޕޯޓާ ގުޅިގެެން އޭނާ ދިރިއުޅޭ ގެއަށް ފުލުހުން ގޮސް،ކޮޓަރި ބެލިއިރު އޮތީ ނިޔާވެފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިއީ ޤުދުރަތީ މަރެއް ކަމެއް ނުވަތަ ނޫންކަމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.