ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެމަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެފިއެވެ. އެ ކުންފުނީން ބުނެފައިވަނީ މިހާރު އެންމެ ދެ ޕަސެންޓް މަސައްކަތް ފިޔަވާ އެހެން ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ބަލިމީހުން ބަލާ 23 ކޮޓަރި އިމާރާތް ކުރެވިގެންދާނެއެވެ. މި މަޝްރޫޢަކީ 20.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ނިމިފައިވާ މަސައްކަތް:

  • ސިވިލް މަަސައްކަތް
  • އެއަރ ކޮންޑިޝަން ހަރުކުރުން
  • ފިނިޝިންގ މަސައްކަތްތައް
  • ފަރުނީޗަރު މަސައްކަތްތައް ހިމެނެއެވެ.