މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންބުނީ ގެއްލިގެން ހޯދަމުން ދަނީ ލ. މާވަށު، ކުންނާރުމާގެ، މޫސާ އަނީސް (32އ) ކަމަށެވެ.

އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފެށީ އޭނާގެ ޚަބަރެއް ނުވެގެން ފުލުހަށް ރިޕޯޓުކުރުމާ ގުޅިގެންނެވެ. މި މަހު 24 ވަނަ ދުވަހުން އޭނާގެ ޚަބަރެއް އާއިލާއަށް ވެސް ލިބިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު 27 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް ވެެސް ފުލުހުން ބުންޏެވެ.

މޫސާ އަނީސްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.