ފުވައްމުލަކު ސިޓީގައި ގާއިމު ކުރުމަށް ނިންމާފައިވާ ދަނޑުވެރިކަމުގެ ގައުމީ ލެބޯޓްރީގެ ބިންގާ މިއަދު އަޅައިފިއެވެ.

އެތަނުގެ ބިންގާ އަޅުއްވައިދެއްވީ ފުވައްމުލަކު ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ޙަސަނާއި ޔޫއެންޑީޕީން ރާއްޖެއަށް ކަނޑަައަޅުއްވާފައިވާ ސަފިރާއި، ފުވައްމުލަކު ސިޓީ މޭޔަރު އިސްމާޢީލް ރަފީގެވެ.

ރާއްޖޭގައި އަޅާ މި ލެބަކީ ޖަޕާނު ސަރުކާރާއި ދިވެހި ސަރުކާރާއި، ޔޫއެންޑީޕީ ގުޅިގެން އިމާރާތްކުރާ ތަނެކެވެ. މި ލެބްގައި ފަސް ތަހުލީލު ކުރެވޭނެއެވެ. އޭގެއިތުރުން ގަސްގަހަށް ޖެހޭ ބަލި ދެނެގަތުމާއި ގަހުގެ ޓިޝޫ ނަގައިގެން ކަލްޗަރކުރެވޭނެ ކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

މިތަނުގެެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް ޓެކްނޮލޮޖީގެ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. މިތަނަށް ބޭނުންވާ އާލާތްތައް ދިނުމަށް ހަމަޖެހިފައިވަނީ އިންޑިއާއިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.