ސަރުކާރުން 71.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހއ. ހޯރަފުށީގައި ހިންގާ މަގުހެދުމުގެ މަޝްރޫޢުގެ 72 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެކުންފުނީން ބުނެފައިވަނީ އެ މަސައްކަތުގެ ދަށުން ތާރު އެޅުމުގެ 90 ޕަސެންޓް ވެސް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން:

  • 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުން
  • 25،909 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދު ޤާއިމުކުރުން
  • 11،114 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން
  • ފެންހިންދާ ނިޒާމެއް ޤާއިމުކުރުން
  • މަގުބައްތި ހަރުކުރުން
  • މަގުމަތީ ނިޝާން ހަރުކުރުން ހިމެނެއެވެ.