ލ. އަތޮޅު ގަމު މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އެމްއާރުޑީސީ) އާ މިއަދު ހަވާލުކޮށްފި ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި މަސައްކަތް އެކުންފުންޏާ ހަވާލުކޮށް ފައިވަނީ 600 ދުވަސްތެރޭގައި ނިންމާ ގޮތަށް 104،040،237.65 ރުފިޔާއަށެވެ. މިކަމުގެ އެއްބަސްވުމުގަައި ސޮއި ކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ޕްލޭނިން މިނިސްޓްރީގައެވެ. މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝަނާ ފާރޫގެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކެވެ.

މި މަޝްރޫއުގެ ދަށުން 4.5 ކިލޯ މީޓަރުގެ މަގުގައި ތާރުއެޅުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމްކުރުމާއި މަގުބައްތި ޖެހުން ހިމެނެއެވެ.